Last Updated: June 19, 16:18
Friday, June 19, 2026
ޚަބަރު

ރައީސް ނަޝީދު އާއި ހުރިހާ ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ސްޕްރީމް ކޯޓުން އަމުރުކޮށްފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ދެންވެސް ބަންދުގައި ތިއްބެވި ހުރިހާ ސިޔާސީ ކުށްވެރިން ދޫކޮށްލުމަށް ސްޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.

ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކާނަލް ނާޒިމާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާއި ޝެއިޚް އިމްރާން ވަގުތުން މިނިވަން ކުރުމަށް ހުކުމްކޮށްފައިވެއެވެ.

އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ގާޒީ ނިހާން އަދި ކުރީގެ ޕީޖީ މުހުތާޒް ވެސް ވަނީ މިނިވަން ކުރުމަށް ކޯޓުން ހުކުމްކޮށްފައެވެ.

ސުޕްރީމް ކޯޓުން މިރޭ ކުރި ހުކުމާއެކު އިދިކޮޅު ފަރާތްތަކުން މަގުތަކަށް ނިކުމެ އުފާ ފާޅު ކުރަމުން އަންނައިރު ވަރަށް ގިނަ ބަޔަކު މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއްވަމުންދާކަން ފާހަގަކޮށްލެވެއެވެ.