Last Updated: July 11, 17:57
Saturday, July 11, 2026
ޚަބަރު

ރާއްޖޭގެ ދުސްތޫރީ ނިޒާމު ސްޕްރީމް ކޯޓުން ދަމަހައްޓާދީފި: ގާސިމް

ވިލާ ގުރޫޕްގެ ޗެއާމަން ގާސިމް އިބްރާހީމް -- ވީފޮޓޯ

ރާއްޖޭގެ ދުސްތޫރީ ނިޒާމް ސްޕްރީމް ކޯޓުން ދަމަހައްޓާދީފިކަމަށް މިރޭގެ ސްޕްރީމް ކޯޓުން ނެރުނު އަމުރާއި އެކު މިނިވަންވެ ވަޑައިގެންނެވި ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖަރުމަނުގައި ހުންނަވައިގެން މިރޭ "ރާއްޖެޓީވީ"އަށް ގާސިމް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސްޕްރީމް ކޯޓުން ރާއްޖޭގެ ދުސްތޫރީ ނިޒާމް ސަލާމަތްކޮށް ދަމަހައްޓާދީފިކަމަށެވެ.

ސްޕްރީމް ކޯޓުން މިރޭ ވަނީ ގާސިމް އާއި އިތުރު އެހެން ސިޔާސީ ގައިދީން މިނިވަންކޮށް ދޫކޮށްލުމަށް ހުކުމްކޮށްފައެވެ.

ގާސިމް ވިދާޅުވީ މާދަމާ ޕާސްޕޯޓް ލިބޭތޯ މަސައްކަތް ކުރައްވާނެކަމަށާއި މަޖްލިސް ހުޅުވެންވާއިރަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.

ތަފްސީލް އަންނަނީ…..