Last Updated: June 13, 10:19
Saturday, June 13, 2026
ޚަބަރު

ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެމްޑީޕީ ހަރުގެ ސަރަހައްދު ފުރާލައިފި

photo: MDP

ސުޕްރީމް ކޯޓުން މިރޭ ނެރުނު ހުކުމާއެކު ހައްޔަރުކުރެވިފައިވާ ސިޔާސީ ލީޑަރުން މިނިވަން ވުމާއި، ގޮނޑި ގެއްލިފައިވާ ކަމަށް އިއުލާން ކުރި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކުރި ހުކުމާއެކު އިދިކޮޅު ފަރާތްތަކުން މަގުތަކަށް އެއްވެ މަގުތައް ފުރާލައިފިއެވެ.

އުފާ ފާޅުކުރުމަށް އިދިކޮޅު އިއްތިހާދުގެ ސަޕޯޓަރުން ނިކުމެ އެމްޑީޕީ ހަރުގެ އާއި އެސަރަހައްދު ފުރާލީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.

ގިނަ އަދަދެއްގެ ރައްޔިތުން މާލޭގެ މަގުތަކަށް ނިކުމެ އަޑު އުފުލައި އުފާ ފާޅު ކުރަމުން އަންނައިރު މިސަރަހައްދުގައި ފުލުހުން އެއްވުން ހުއްޓުވުމަށް ހަރަކާތްތެރިނުވާ ކަންވެސް ފާހަގަކޮށްލެވެއެވެ.

ފުލުހުންގެ އުޅަނދެއް އެސަރަހައްދުން ދަތުރުކުރި ނަމަވެސް އެއްވުން ރޫޅާލުމަށް އެއްވެސް މަސައްކަތް ނުކޮށް، އެސަރަހައްދު ދޫކޮށް ގޮސްފައިވާ ކަމަށް ޚަބަރު ލިބެއެވެ.