ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ސަރުކާރާއި އެކު ޕީޕީއެމް އަދި އެމްޑީއޭގެ ޕާލިމެންޓްރީ ގްރޫޕް އޮތް ކަމަށާއި، ސަރުކާރު ދިފާއު ކުރެއްވުމަށް ކަމަރު ބަދެގެން ހުންނެވި ކަމަށް ޕީޕީއެމް ޕީލިމެންޓްރީ ގްރޫޕްގެ ލީޑަރ ވިލިމާފަންނު ދާއިރާގެ މެމްބަރ އަހުމަދު މަނިކު ވިދާޅުވެއްޖެއެވެ.
ނިހާނު މިރޭ ފުލުފުލުގައި ކުރެއްވި ދެ ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން އާއި އެކު ސާބިތުވެ ހުންނެވި ކަމަށާއި، ރައްޔިތުންގެ ވެރިކަން ދެމެހެއްޓުމަށް ކަމަރު ބަދެގެންކަމަށެވެ.
ނިހާނު މިފަދަ ޓްވީޓެއް ކުރައްވާފައިވަނީ މިރޭ ސްޕްރީމް ކޯޓުން ޖަލު ހުކުމުގައި ތިއްބެވި ސިޔާސީ ގައިދީން މިނިވަން ކުރެއްވުމަށާއި މަޖްލިސްގެ 12 މެމްބރުންގެ ގޮޑި ނުގެއްލޭކަމަށް ހުކުމް ކުރައްވާފައި ވަނިކޮށެވެ.
ސްޕްރީމް ކޯޓުން މިރޭ ކުރި ހުކުމާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ދަނީ އުފާ ފާޅު ކުރުމަށް މާލޭ އާއި ރަށްތަކުގެ މަގު މައްޗަށް ނިކުންނަމުންނެވެ.