Last Updated: June 11, 06:42
Thursday, June 11, 2026
މުނިފޫހިފިލުވުން

"އައުރެންގަޒަބް" މެއި 17 ގައި

ޔާޝްރާޖް ފިލްމްސް "އިޝަގްޒާދޭ" އިން މިދިޔަ އަހަރު ބޮލީވުޑަށް ތައާރަފްވި އަރުޖުން ކަޕޫރުގެ ދެވަނަ ފިލްމް "އައުރެންގަޒެބް" މެއި މަހުގެ 17 ވަނަ ދުވަހު ޕްރީމިއާ ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

މިއީ އަރުޖުންގެ ދެވަނަ ފިލްމެވެ. އަދި ޔާޝްރާޖަށް އޭނާ ކުޅޭ ދެވަނަ ފިލްމް ވެސް މެ އެވެ. އަތުލް ސަބްރަވާލް ޑައިރެކްޓްކޮށްފައިވާ "އައުރެންގަޒަބް" ގައި އަރުޖުން ފެނިގެން ދާނީ ޑަބަލް ރޯލަކުންނެވެ. މި ފިލްމްގެ ބަތަލާއަކީ ޕާކިސްތާނުގެ ކުރީގެ ބަތަލާ/ލަވަކިޔުންތެރިޔާ ސަލްމާ އާގާގެ ދަރިފުޅު ސާޝާ އާގާ އެވެ. މިއީ ސާޝާގެ ފުރަތަމަ ފިލްމެވެ.

އެ ދެ މީހުންގެ އިތުރުން މި ފިލްމުގެ މުހިއްމު ރޯލްތަކުން ރިޝީ ކަޕޫރު، ޖެކީ ޝްރޮފް، އަމްރިތާ ސިންގް އަދި "އައްޔާ" އިން ފެނިގެން ދިޔަ ސައުތު އެކްޓަރު ޕްރިތިވްރާޖް ސުކްމަރަން ވެސް ފެނިގެން ދާނެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި "އައުރެންގަޒަބް" އަކީ 1978 ވަނަ އަހަރު ޔާޝް ޗޯޕްޅާ އަމީތާބް ބައްޗަން އާއި ޝަޝީ ކަޕޫރާއި ސަންޖީވް ކަޕޫރު އަދި ރާކީ ގުލްޒާރު ހިމަނައިގެން އުފެއްދި "ޓްރިޝުލް" ގެ ރީމެކިންއެެކެވެ.