Last Updated: June 5, 06:06
Friday, June 5, 2026
ޚަބަރު

ރާއްޖެޓީވީ ގޮއްވާލާނެކަމުގެ އިންޒާރާއިއެކު ފުލުހުން އެސްޓޭޝަން ކައިރީ ފޯރި މަރަނީ

ރާއްޖެ ޓީވީ ގޮއްވާލާނެކަމުގެ އިންޒާރު ލިބުމާއި ގުޅިގެން އެމައްސަލަ ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން އެ ސްޓޭޝަން ސަރަހައްދުގައި ފުލުހުން ފޯރިމަރަން ފަށައިފިއެވެ.

ރާއްޖެޓީވީގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ ވިދާޅުވީ މިރޭ 10 އާއި 11 އާއި ދެމެދު އެސްޓޭޝަންގެ ފޯނަށް ބަޔަކު ގުޅައި އެސްޓޭޝަން ގޮއްވާލާނެކަމުގެ އިންޒާރު ދިނުމާއި ގުޅިގެން މައްސަލަ ފުލުހުންނަށް ހުށަހެޅި ކަމަށެވެ.

ފިޔާޒު ވިދާޅުވީ އެ މައްސަލަ ހުށަހެޅުމާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި މިއީ ފަހުގެ ތާރީހުގައި ފެނިފައި ނުވާ މަންޒަރެއްކަމަށް ފިޔަޒު ވިދާޅުވިއެވެ.

ރާއްޖެޓީވީން އަންނަނީ ސްޕްރީމް ކޯޓު ހުކުމާއި ގުޅިގެން ރައްޔިތުން އެމްޑީޕީ އޮފީސް ސަރަހައްދުގައި އުފާ ފާޅުކުރަމުންދާ މަންޒަރު ވަގުތުން ދައްކަމުންނެވެ.