Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

އެސްއޯ ފުލުހުންގެ ސަފެއް އެމްޑީޕީ އޮފީސް ކުރިމައްޗަށް ގޮސް ކަރުނަ ގޭސް ޖަހައިފި

އިދިކޮޅު ސިޔާސީ ޕާޓީތަކުން އެމްޑީޕީ ސަރަހައްދަށް އެއްވެފައިވަނިކޮށް ޝީލްޑާއި އެކު އެސްއޯ ފުލުހުންގެ ޓީމެއް މަގުމަތީ އަތުރާލައިފިއެވެ.

އެސްއޯ ފުލުހުން ގެ ސަފު އަތުރާލުމާއި އެކު އެއްވެފައިވާ އާއްމު ރައްޔިތުން ދަނީ ފުލުހުން ފަހަތަށް ޖެހުމަށް ގޮވާލަމުންނެވެ. ނަމަވެސް ފުލުހުން ވަނީ އެސަރަހައްދަށް ކަރުނަ ގޭސް ޖަހައި އެއްވެފައިވާ މީހުން ފަހަތަށް ޖައްސަން ފަށާފައެވެ.

ކަރުނަ ގޭސް ޖެހުމާއި ގުޅިގެން ގިނަ ބަޔަކު ފަހަތަށް ޖެހިއްޖެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެސަރަހައްދަށް ގޮސްފައިވަނީ އެސްއޯ ފުލުހުންގެ ވަރަށް މަދު ބައެކެވެ.

ފުލުހުން ވަނީ އެމްޑީޕީ ހަރުގެ ހިމެނޭ ސަރަހައްދުގެ ވަށައިގެންވާ މަގު ތައް ބަންދުކޮށްފައެވެ. މަޖީދީ މަގުގައި ފުލުހުންގެ ދެ ވެހިކަލް ބާއްވާފައިވާ އިރު އެސަރަަހައްދުން ދުރަށް ދިޔަ ބައެއް މީހުން އަނެއްކާ ވެސް ވަނީ އެއްވާން ފަށައިފައެވެ.