Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ފިލައިގެން ދާކަށް ނޫޅެން، މިހިރީ ގޭގައި: އާޒިމާ

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު، އާޒިމާ ޝުކޫރު: ފޮޓޯ - ވީނިއުސް

ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރާއި ގުޅިގެން ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރު ގައުމު ދޫކޮށް ފުރާވަޑައިގަންނަވަން އުޅުއްވާ ކަމަށް ދެކެވޭ ވާހަކަތައް އެކަމަނާ ދޮގުކުރައްވައިފިއެވެ.

އާޒިމާ ފުރާވަޑައިގަތުމަށް އެއާޕޯޓުގައި ހުންނެވި ކަމަށް އަޑުފެތުރިފައި ވަނިކޮށް އެކަން ދޮގުކުރައްވައި ވިދާޅުވެފައި ވަނީ، ރާއްޖެ ދޫކޮށް ދާން ނޫޅޭ ކަމަށާއި ސާބިތު ކަމާއެކު ހުންނެވީ ރައީސް ޔާމީން އާއި އެކުގައި ކަމަށެވެ.

އާޒިމާ ގައުމު ދޫކޮށް ފުރާވަޑައިގަތުމަށް އެއާޕޯޓުގެ ވީއައިޕީގައި އިންނެވި ކަމަށް ބުނެ ތިމަރަފުށީ ދާއިރާގެ މެންބަރު މުސްތަފާ ވެސް ވަނީ ޓްވީޓްކުރައްވާފައެވެ.