Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

އަމުރު ތަންފީޒު ކުރުމަށް ރައީސް މައުމޫން އަނެއްކާވެސް ގޮވާލައްވައިފި

ޖަލު ހުކުމުގައި ތިއްބެވި ސިޔާސީ ފަރާތްތައް ދޫކޮށްލުމަށް ސްޕްރީމް ކޯޓުން ކުރި ހުކުމް ތަންފީޒު ކޮށްދެއްވުމަށް ސަލާމަތީ ބާރުތަކަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަނެއްކާވެސް ގޮވާލައްވައިފިއެވެ.

މިއަދު ހެނދުނު ރައީސް މައުމޫން ކުރެއްވި ޓްވީޓުގައި ވިދާޅުވީ ، ގައުމުގެ ސަލާމަތާއި ރައްކާތެެރި ކަމަށްޓަކައި ގާނޫނު ނެގެހެއްޓުމަށް ފުލުހުންނާއި ސިފައިން ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރު ތަންފީޒު ކުރަން ޖެހޭކަމަށެވެ.

މައުމޫން ރޭ ވެސް ވަނީ ހުކުމް ތަންފީޒު ކޮށްދެއްވުމަށް އެދި ސަލާމަތީ ބާރުތަކަށް ގޮވާލައްވާފައެވެ.

ސްޕްރީމް ކޯޓުން ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމް އާއި ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ އިތުރުން ކުރީގެ ނައިބް ރައިސް އަހުމަދު އަދީބް އާއި އަދާަތު ޕާޓީގެ ލީޑަރ ޝެއިހް އިމްރާންގެ އިތުރުން ކުރީގެ ޕީޖީ މުހްތާޒު އާއި މަމިގިލީ މެޖިސްޓްރޭޓް ކޯޓުގެ ކުރީ ގާޒީ އަހުމަދު ނިހާން އާއި ވިޔަފާރުވެރިއާ ހާމިދު އިސްމާއިލް ދޫކޮށްލުމަށް އަމުރުކޮށްފައެވެ.