Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ސުޕްރީމް ކޯޓުގެ އަމުރަކީ ބަޣާވާތެއް ގޮތަށް ސިފަ ކުރައްވައިފި

ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ. ފޮޓޯ: ފޭސްބުކް

ޖަލަށް ލާފައިވާ ސިޔާސީ ލީޑަރުން މިނިވަން ކުރުމަށާއި މަޖިލީހުގެ އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ރޭ ކުރި ހުކުމަކީ ބަޣާވާތެއް ގޮތުގައި ފިޝަރީޒް މިނިސްޓަރު ޑރ.މުހައްމަދު ޝައިނީ ސިފަ ކުރައްވައިފި އެވެ.

ޝައިނީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިއީ ހިތްވަރު ދައްކަންވީ ވަގުތު ކަމަށާއި "އިތުރު ބާޣާވާތެއް ދެމިގެން ނުދާނެ" ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

ސަރުކާރުގެ އެންމެ ނުފޫޒުގަދަ ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝައިނީ ވިދާޅުވި ގޮތުގައި އެބޭފުޅާ އާއި މުޅި ކެބިނެޓް އޮތީ ރައީސް އަބްދުﷲ ޔާމީނާއެކުގައި ކަމަށެވެ.

ޝައިނީގެ އިތުރުން ސަރުކާރުގެ އެހެން ވަޒީރުން ވެސް ގެންދަވަނީ ރައީސް ޔާމީންއާއެކު ތިއްބެވިކަން ހާމަކުރަމުންނެވެ. އަދި ރައީސް ޔާމީން އަށް ތާއީދުކޮށް ބައެއް ފަރާތްތަކުން ގެންދަނީ "ބަޣާވާތް ފެއިލްވެއްޖެ" ކަމަށް ބުނަމުންނެވެ.