Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

އިދިކޮޅު ފަރާތްތަކުން އިސްލާމީ މަރުކަޒު ކައިރީ ހަރު އަޑުން ދުއާ ކުރަނީ

އިސްލާމީ މަރުކަޒު ކުރިމަތީގައި ދުޢާ ކުރުމަށް މީހުން އެއްވެފައި. ފޮޓޯ/ އައްޑޫލައިވް

ސްޕްރީމް ކޯޓުން ސިޔާސީ ކުށްވެރިން ދޫކޮށްލުމަށް ގޮވާލާފައިވަނިކޮށް އާދައިގެ މަތިން އިދިކޮޅު ފަރާތްތަކުން ހުކުރު ނަމާދަށް ފަހު ބާއްވާ ދުއާ ކުރުން ފަށައިފިއެވެ.

މިއަދުވެސް ދުއާ ލައި ދެއްވަނީ މަހްލޫފްގެ ބައްޕައެވެ. އެހެން ދުވަސް ތަކާއި ހިލާފަށް މިއަދު ގިނަ ބަޔަކު ދުއާ ކުރުމުގައި ބައިވެރިވެފައިވާ އިރު ދުއާ ކުރާ މީހުން ފައްސާލަން ފުލުހުން އުޅޭ ތަނެއް ނުފެނެއެވެ.

ދުއާ ކުރާ މީހުން ދަނީ ރައީސް އަބްދުﷲ ޔާމީންގެ އަނިޔާވެރި ވެރިކަން ނިމި ދިވެހިންނަށް އުފާ ފާގަތި ދުވަސްތަކެއް ދެއްކެވުން އެދެމުންނެވެ.

އިދިކޮޅު ފަރާތްތަކުން މީގެ ކުރިން ބާއްވާ ދުއާތަކަށް ފުލުހުން ހުރަސް އަޅައި ހުއްޓުވައި ބައެއް ފަރާތްތައް ހައްޔަރު ކުރެއެވެ. އެގޮތުން މަހްލޫފްގެ ބައްޕަ މީގެ ކުރިން އެކި ފަހަރު ހައްޔަރުކޮށްފައިވެއެވެ.