Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

ސްޕްރީމް ކޯޓުގެ ހުކުމް އިގިރޭސި ބަހުންވެސް އާއްމުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮޑި ނުގެއްލޭ ކަމަށާއި އިދިކޮޅު ސިޔާސީ ލީޑަރުން ދޫކޮށް ރާއްޖޭގެ ދުސްތޫރީ ނިޒާމް ހަމައަކަށް އެޅުވުމަށް އަމުރުކޮށް ބުރާސްފަތި ދުވަހުގެ ރޭ ސްޕްރީމް ކޯޓުން ނެރުނު އަމުރު އިގިރޭސިބަހުން ތަރުޖަމާ ކޮށް އާއްމުކޮށްފިއެވެ.

ސްޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ އިއްތުފާގުން ނެރެފައިވާ އަމުރުގައިވާ އެއްވެސް ކަމެއް އަދި މިހާތަނަށް ސަރުކާރުގެ ކަމާއި ބެހޭ އެއްވެސް އިދާރާއަކުން ތަންފީޒުކޮށްފައި ނުވެއެވެ.

ސުޕްރީމް ކޯޓުގެ ހުކުމްގައި ވަނީ މި ހުކުމަށް އަމަލުނުކުރާ ފަރާތްތަކާއި، ހުކުމް ތަންފީޒު ކުރަން ހުރަސް އަޅާ ފަރާތްތަކާއި، ހުކުމް ތަންފީޒު ކުރުމުގައި އިހްމާލުވާ ފަރާތްތަކުގެ މައްސަލަ ބަލައި ގާނޫނީ ފިޔަވަޅު އެޅުމަށް ޕްރޮސެކިއުޓާ ޖެނަރަލަށް އަމުރުކޮށްފަ އެވެ.

ސަރުކާރުން ރޭ ބޭއްވި ނޫސް ކޮންފަރެންސްގައި ބަންޑާރަނައިބް ވަނީ އެހުކުމަކީ ސްޕްރީމް ކޯޓުން ނެރުނު އަމުރެއްތޯ ޝައްކު އުފައްދާފައެވެ.