Last Updated: June 28, 06:07
Sunday, June 28, 2026
މުނިފޫހިފިލުވުން

އައިޑޮލް ސީޒަން 3 ގެ ޕްރިމިއާ ޝޯ ފަސްކޮށްފި

މޯލްޑިވިއަން އައިޑޯލްގެ ތިންވަނަ ސީޒަންގެ ޕްރިމިއަރ ޝޯ ފަސްކޮށްފި އެވެ.

މިރޭ 22:30 ގައި ޕްރިމިއަރ ކުރަން އެ ޝޯ ކުރިން ތާވަލްކޮށްފައި އޮތް ނަމަވެސް، މިހާރު އެ ޝޯ ވަނީ ފަސްކޮށްފަ އެވެ. އަދި ދެން އެ ޝޯ ބާއްވާނެ ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.

އެނގިފައިވާ ގޮތުގައި މޯލްޑިވިއަން އައިޑޯލް ސީޒަން 3 ގެ ޕްރިމިއަރ ޝޯ ފަސްކޮށްފައި ވަނީ މިވަގުތު ރާއްޖޭގެ ސިޔާސީ މަސްރަޙް ހަލަބޮލިވެފައި އޮތުމާއި ގުޅިގެންނެވެ.

މޯލްޑިވިއަން އައިޑޯލްގެ އާ ސީޒަންގެ ޕްރެޒެންޓަރުންގެ ގޮތުގައި ހަމަޖައްސާފައި ވަނީ މޫސާ ވަސީމް އާއި ޝާއިނާ ޝަރީފް އެވެ.

މިފަހަރުގެ ސީޒަންގެ ޖަޖުންގެ ޕެނަލް އިން މަޝްހޫރު ލަވަކިޔުންތެރިން ކަމުގައިވާ މަރިޔަމް އުނޫޝާ އާއި އިސްމާއިލް އައްފާން އަދި އަހުމަދު އިބްރާހިމް (އައްމަޑޭ) ގެ އިތުރުން މިއުޒިކީ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ޒާރާ މުޖުތަބާ ވެސް ހިމެނެއެވެ.

ރާއްޖޭގައި ބްރޯޑްކާސްޓް ކުރަން އެއްބަސްވި ފުރަތަމަ ބައިނަލްއަޤްވާމީ ފްރެންޗައިޒް ކަމަށްވާ މޯލްޑިވިއަން އައިޑޯލްގެ މިފަހަރުގެ ސީޒަނަށް ޕީއެސްއެމް އިން ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ.

މިފަހަރުގެ ސީޒަންގެ ޓައިޓްލް ސްޕޮންސާއަކީ މިދިޔަ ސީޒަންގެވެސް ޓައިޓްލް ސްޕޮންސާ ކަމަށްވާ ދިރާގެވެ.