ސްޕްރީމް ކޯޓުން ސިޔާސީ ކުށްވެރިން ދޫކޮށްލުމަށާއި މަޖްލިސް މެމްބަރުންގެ ތެރެއިން އިލެކްޝަން ކަމިޝަނުން ގޮޑި ގެއްލިފައިވާކަމަށް އިއްލާން ކޮށްފައިވާ 12 މެމްބަރުންގެ ގޮޑި ނުގެއްލޭ ކަމަށް ހުކުމް ކުރުމާއި ގުޅިގެން ރައިސް ޔާމިންގެ ސަރުކާރު ބަލިވެއްޖެކަމަށް އިދިކޯލު ފަރާތްތަކުން ބުނި ނަމަވެސް ސާބިތު ކަން މަތީ ފަހަތަށް ޖެހުމެއް ނެތި ތިއްބެވިކަމަށް ޔާމީންގެ ކެބިނެޓް ވަޒީރުން ބުނެފިއެވެ.
Allah ge Heyo Rakhmathaa eku, Raees Yamin aai eku Saabithuve Eba Hurin??
— Mohamed Saeed (@em_saeed) February 1, 2018
ރޭ ސްޕްރިމް ކޯޓުން ނެރުނު ކުއްލި އަމުރަށްފަހު އިކޮނޮމިކް މިނިސްޓަރ ސައީދު އާއި ހައުސިން މިނިސްޓަރ މުއިއްޒުވަނީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ތިއްބެވި ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ.
Islam dheenaa qaumuge haqqugai Raees Yameen kuravvamun gendhavaa ikhlaaastheri, hivvarugadha masakkai, rayyithunge furihama baiverivumaa eku kaamiyaab vaane. Haqqah nasru libigendhaane.
— Dr.Mohamed Muizzu (@MMuizzu) February 1, 2018
ޑިފެންސް މިނިސްޓަރ އަހުމަދު ޝަރީފް އުމަރު އާއި ބަންޑާރަ ނައިބް އަނިލް އަދި ހޯމް މިނިސްޓަރ އަހުމަދު އަޒްލީން ވަނީ ރޭ ނޫސް ކޮންފަރެންސެއް ބާއްވާ ރައްޔިތުން ހިތްވަރު ކުރުމަށް ގޮވާލައްވާފައެވެ.
This is the time to show strength n believe in Allah (swt) tht another coup will not persevere. I n Cabinet are strongly with HEP Yameen. May Allah bless us all in this just path.
— Mohamed Shainee (@mshainee) February 2, 2018
ފިޝަރީޒް މިނިސްޓަރ މުހައްމަދު ޝައިނީ ވަނީ ސްޕްރީމް ކޯޓު ނިންމެވުމަކީ ބަގާވާތެއް ކަމަށް ސިފަ ކުރައްވާފައެވެ.
އިދިކޮޅު ފަރާތްތަކުން އުފާ ފާޅު ކުރަމުން އަންނަ އިރު ހުކުމާއި ގުޅިގެން ގިނަ އިރުތަކެއް ވަންދެން ސަރުކާރުގެ އިސް ބޭފުޅެއްގެ ހަބަރެއް ދަބަރެއް ނުވެ ދިޔައެވެ. ހުކުމާއި އެކު ފުލުހުން ވަނީ އެ ހުކުމަށް އަމަލު ކުރާނެކަމަށް ބުނެ ޓްވީޓްކޮށްފައެވެ. އަދި ފަހުން ވަނީ އެސްއޯ ފުލުހުން ނިކުމެ އާއްމުން ގަޔަށް ޕެޕަރ ސްޕްރޭ ޖަހާފައެވެ.
ސްޕްރީމް ކޯޓުގެ ހުކުމަށް 14 ގަޑިއިރު ވެފައިވާ އިރު އަދިވެސް އެހުކުމުގައިވާ ކަންކަން ސަރުކާރުން ތަންފީޒު ކޮށްފައި ނުވެއެވެ.