Last Updated: June 28, 06:55
Sunday, June 28, 2026
ޚަބަރު

ސުޕްރީމް ކޯޓުގެ އަމުރަށް އިޙްތިރާމް ކުރަން އިންޑިއާ އިން ގޮވާލައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: ރައީސް އޮފީސް

ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ރޭ ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ރާއްޖޭގެ ސަރުކާރުން އިޙްތިރާމް ކުރުމަށް އިންޑިއާއިން ގޮވާލައިފި އެވެ.

މިއަދު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިރުކުރި ކުރު ބަޔާނެއްގައި ބުނީ ޤާނޫނާއި ޑިމޮކްރެސީގެ ރޫހުގައި ރާއްޖޭގެ ސަރުކާރުން ކޯޓްގެ ނިންމުމަށް އިޙްތިރާމްކޮށް ތަބާވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

މީގެ އިތުރުން ހުރިހާ ޙާލަތެއްގައި ވެސް ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ރާއްޖޭގެ ކަމާއިބެހޭ ފަރާތްތަކުން ދަމަހައްޓާނެ ކަމަށް އިންޑިއާއިން އުއްމީދުކުރާ ކަމަށްވެސް މި ބަޔާނުގައި ބުނެފައި ވެއެވެ.

ގާތް ރަހުމަތްތެރި އަވަށްޓެރިއެއްގެ ގޮތުން އިންޑިއާ އިން އެދެނީ ރާއްޖޭގައި އަބަދުވެސް ރާއްޖޭގައި ސުލްހަ މަސަލަސްކަން ޤާއިމްވެފައި އޮތުމަކަށް ކަމަށްވެސް އިންޑިއާއިން ނެރުނު ބަޔާނުގައި ވެއެވެ.

އަދި ރާއްޖޭގެ ހާލަތު ވަރަށް ގާތުން ބަލަމުންދާކަމަށް ވެސް އިންޑިއާގެ ބަޔާނުގައި ބުނެފައިވެއެވެ.