Last Updated: June 28, 06:55
Sunday, June 28, 2026
ޚަބަރު

ރޭ މުޒާހަރާގައި ސީރިއަސް އަނިޔާއެއް ލިބުނު ފުލުހަކަށް އޭޑީކޭގައި ފަރުވާ ދެނީ

އެސްއޯ ފުލުހުން - ފޮޓޯ: ވީނިއުސް

ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން އުފާފާޅުކުރުމުގެ ގޮތުން މުޒާހަރާ ކުރި މީހުން އެއްލި ގާގަނޑަކުން ބޮލުގައި ޖެހި ފުލުހުންގެ އޮފިސަރަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި ރޭ އަނިޔާވި ޕޮލިސް ސާޖެންޓް އައްސަދު އަބްދުލް މުހުސިން ގެ ބޮލުގައި އިންޓާނަލް ބްލީޑެއް ހުރުމުގެ ސަބަބުން މިހާރު އޭޑީކޭ ހޮސްޕިޓަލުގައި ސާޖަރީ ހަދަމުންނެވެ.

ރޭ އިދިކޮޅު ސިޔާސީ ފަރާތްތަކުން އެމްޑީޕީ ހަރުގެ ސަރަޙައްދަށް އެއްވެފައިވަނިކޮށް ޝީލްޑާއި އެކު އެ ސަރަޙައްދަށް ދިޔަ އެސްއޯ ފުލުހުންގެ ޓީމުން ވަނީ ކަރުނަ ގޭސް ޖަހައި އެއްވެފައިވާ މީހުންގެ ސަފުތައް ރޫޅާލާފައެވެ.

ސުޕްރީމް ކޯޓުން ނެރުނު ޙުކުމްގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށާއި އިދިކޮޅު ސިޔާސީ ލީޑަރުން ދޫކޮށް ރާއްޖޭގެ ދުސްތޫރީ ނިޒާމް ހަމައަކަށް އެޅުވުމަށް އަމުރުކޮށްފަ އެވެ. މީގެ އިތުރުން ސުޕްރީމް ކޯޓުން ވަނީ މި ހުކުމަށް އަމަލުނުކުރާ ފަރާތްތަކާއި، ހުކުމް ތަންފީޒު ކުރަން ހުރަސް އަޅާ ފަރާތްތަކާއި، ހުކުމް ތަންފީޒު ކުރުމުގައި އިހްމާލުވާ ފަރާތްތަކުގެ މައްސަލަ ބަލައި ގާނޫނީ ފިޔަވަޅު އެޅުމަށް ޕްރޮސެކިއުޓާ ޖެނަރަލަށް އަމުރުކޮށްފަ އެވެ.

އެހެންނަމަވެސް ސްޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ އިއްތުފާގުން ނެރެފައިވާ އަމުރުގައިވާ އެއްވެސް ކަމެއް އަދި މިހާތަނަށް ސަރުކާރުގެ ކަމާއި ބެހޭ އެއްވެސް އިދާރާއަކުން ތަންފީޒުކޮށްފައި ނުވެއެވެ.

– އިތުރު ތަފްސީލް އަންނަނީ –