Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

ސަރުކާރު ވެއްޓޭނެ އެއްވެސް ވާހަކައެއް ހުކުމަކު ނެތް: އަދުރޭ

ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރ އަބްދުއް ރަހީމް އަބްދުﷲ. ފޮޓޯ: އަވަސް

ސްޕްރީމް ކޯޓުން ރޭ ނެރުނު އަމުރާއި ގުޅޭގޮތުން ދަންނަވާނެ އެއްޗެއް ނެތްކަމަށާއި، ރައިސް ޔާމީންގެ ސަރުކާރު ވެއްޓޭނެ އެއްވެސް ވާހަކައެއް ނެތްކަމަށް ޕީޕީއެމްގެ ނައިބް ލީޑަރ ފޮނަދޫ ދާއިރާގެ މެމްބަރ އަބްދުﷲ އަބްދުއް ރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވެފައިވަނީ މިހާރު ކުރިއަށްދާ ޕީޕީއެމްގެ މަޖިލިސް މެމްބަރުންނާއި ވަޒީރުން ހިމެނޭ ނޫސް ކޮންފަރެންސްގައެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީނަކީ މިފަދަ ކަންކަމުގައި ވިސްނުންތެރިކަމާއި އެކު ކަންކަން ނިންމަވާ ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނަކީ ފިއްލަވައިގެން ވަޑައިގަންނަވާނެ ބޭފުޅެއް ނޫންކަމަށް އަދުރޭ ވިދާޅުވިއެވެ.

"ރައީސް ޔާމީނަކީ މި ކަހަލަ ކަންތައްތަކުގައި ވަރަށް ވިސްނުންތެރިކަމާ އެކު ކަންތައް ކުރައްވާ ބޭފުޅެއް. އަޅުގަނޑުމެންގެ މިއަދުގެ ބޭނުމަކީ ރައްޔިތުންނަށް ޔަގީންކަން އަރުވަން އަޅުގަނޑުމެން މިތިބީ ސާބިތުކަން މަތީގައި"

ރައީސް ޔާމީނަކީ ސިފައިންގެ އަދި ދައުލަތުގެ އެންމެ މަތީވެރިޔާ ކަމަށާއި އެމަނިކުފާން އެ ވާޖިބު އަދާކުރައްވަން ފަސްޖެހިވަޑައެއް ނުގަންނަވާނެކަމަށް އަދުރޭ ވިދާޅުވިއެވެ.

ތަފްސީލް އަންނަނީީ….