Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

މި ސަރުކާރު ގުޑުވާ ނުލެވޭނެ: ޔާމީން

އިދިކޮޅު ފަރާތްތަކުން ކިތަންމެ ކަމެއް ކުރި ނަމަވެސް މި ސަރުކާރު ގުޑުވާ ނުލެވޭނެކަމަށް ވެލިދޫ ދާއިރާގެ މެމްބަރ ޔާމީން ރަޝީދު ވިދާޅުވެއްޖެއެވެ.

ޗެނަލް 13 ގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން "އުޑުގައި ޖެހިފައި ބިމުގައި ޖެހުނަސް" މި ވެރިކަމެއް ގުޑުވައެއް ނުލުވޭނެކަމަށެވެ.

ޔާމީން ވިދާޅުވީ ޕީޕީއެމް މެމްބަރުން ހާސް ވާން ޖެހޭ ކަމެއް ނެތް ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ރޭވި ކަންކަން ފެއިލްވެފައިވާކަމަށް ޔަމީން ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމީންއަށް ވަރަށް ބޮޑަށް ތާއިދު ކުރައްވައި ވާހަކަފުޅު ދައްކަވުން ޔާމީން ވިދާޅުވީ މި ސަރުކާރުގެ ވައުދު ފުއްދަވަމުން އަންނަ ކަމަށާއި، ރާއްޖެ އަމާން ތަނަކަށް ހަދައި ދިވެހިން ފަހުރުވެރިވާ ތަނަކަށް ހަދައިދީފިކަމަށެވެ.

އަދި އިދިކޮޅު ފަރާތްތަކުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ގައުމު ހަލަބޮލި ކޮށްލުމަށްކަމަށެވެ.