Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

އަމުރު ތަންފީޒު ކުރާނީ ޕީޖީ އާއި އޭޖީގެ ލަފާމަތިން: ޕޮލިސް

ރާއްޖޭގެ ސްޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެ ރޭ ނެރުއްވި އަމުރަށް އަމަލު ކުރާނީ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އަދި ބަންޑާރަ ނައިބްގެ ލަފާ މަތިން ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ.

ފުލުހުން މިރޭ ނެރުނު ކުރު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ސްޕްރީމް ކޯޓުގެ އަމުރު އޭޖީ އަދި ޕީޖީގެ ލަފާފުޅުގެ މަތިން ގާނޫނީ އިޖުރާއަތްތައް ފުރިހަމަ ކުރެއްވުމަށްފަހު ތަންފީޒު ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ފުލުހުން މިރޭ މިފަދަ ބަޔާނެއް ނެރުނު އިރު ރޭ ފުލުހުންގެ ރަސްމީ ޓްވިޓަ މެދުވެރިކޮށް ކޯޓު އަމުރު ތަންފީޒު ކުރާނެކަމަށް ވަނީ ބުނެފައެވެ.

ސްޕްރީމް ކޯޓުން ނެރުނު އަމުރު ކަމާއި ބެހޭ ފަރާތަތްކުން ތަންފީޒު ނުކޮށް މިހާރު 24 ގަޑިއިރު ވެގެން ދިޔައީއެވެ.