Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

ކޯޓް އަމުރަށް ބޯލަބައި، އިދިކޮޅާ މަޝްވަރާ ކުރަން އީޔޫން ގޮވާލައިފި

ރައީސް އަބްދުﷲ ޔާމީން، ފޮޓޯ: ރޮއިޓާސް

ސުޕްރީމް ކޯޓްގެ ރޭ ނެރުނު ހުކުމް ލަސްނުކޮށް ތަންފީޒްކޮށް އިދިކޮޅު ސިޔާސީ ލީޑަރުންނާއި އެކު މަޝްވަރާ ފެށުމަށް އީޔޫ އިން މިއަދު ސަރުކާރަށް ގޮވާލައިފި އެވެ.

އީޔޫއިން މިއަދު ނެރުނު ބަޔާނުގައި ބުނީ ސްޕްރީމް ކޯޓުގެ އަމުރަކީ ދިވެހި ރާއްޖޭގެ ދުސްތޫރީ ނިޒާމް ހިފެހެއްޓުމަށްޓަކައި ނެރުނު ވަރަށް މުހިއްމު އަމުރެއްކަމަށެވެ.

އެއާއި އެކު ހުކުމުގައި ވާ ގޮތަށް ސިޔާސީ ފަރާތްތަކުގެ މައްޗަށް ކޮށްފައިވާ ހުކުމްތައް ބާތިލްކޮށް އަދި ރައްޔިތުން މަޖިލިސް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ހުކުމް ތަންފީޒު ކުރުމަށް އީޔޫން ވަނީ ގޮވާލާފައެވެ.

އީޔޫން ވަނީ ރާއްޖޭގެ ސަލާމަތީ ބާރުތަކުންވެސް މި ހުކުމް ތަންފީޒުކޮށް ގާނޫނާއި ގަވާއިދު ހިފެހެއްޓުމަށް ގޮވާލާފައެވެ.