Last Updated: May 5, 13:23
Sunday, May 5, 2024
ޚަބަރު

"ނޯ ޓޮބޭކޯ އެވޯޑް" އަށް ފުރުސަތު ހުޅުވާލައިފި

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހެލްތު މިނިސްޓްރީން ހުޅުވާލައިފި އެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ނުވަތަ ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑަކީ ކޮންމެ އަހަރެއްގެ "ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ދޭ ޢިނާމެކެވެ.

މެއި 31 ގައި ފާހަގަ ކުރާ ވޯލްޑް ނޯ ޓޮބޭކޯ ޑޭގެ މި އަހަރުގެ ޝިއާރަކީ "ޓޮބޭކޯ އެންޑް ހާޓް ޑިޒީޒް" ނުވަތަ ދުންފަތާއި ހިތުގެ ބަލިތަކެވެ.

މި ޢިނާމު ދެނީ ދުންފަތް ކޮންޓްރޯލް ކުރުމުގައި ޝާމިލުވާ ފަރާތްތަކުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމަށާއި މި މަސައްކަތުގައި ދެމި ތިބުމަށް ހިތްވަރު ދިނުމުގެ މަގުސަދުގަ އެވެ.

މިނިސްޓްރީން ބުނީ ދުންފަތާ ދެކޮޅަށް މަސައްކަތްތައް ކުރާ އަދި ކުރަމުން ގެންދާ ފަރުދުންނާއި ޖަމިއްޔާ ޖަމާއަތްތަކާއި އިދާރާތަކުން ޢިނާމަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ މަހުގެ 9 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ.

އެވޯޑަށް ކުރިމަތިލާން އެދޭ ފޯމް ހެލްތް މިނިސްޓްރީގެ ކައުންޓަރުންނާއި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ.