ދިވެހި ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި ހުރިހާ ފަރާތްތަކަކުން ވެސް ގާނޫނަށް ތަބާވުމަށް ގޮވާލާ ކަމަށް ސްރީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމެންސިންހް ވިދާޅުވެއްޖެ އެވެ.
ރަނިލް ކުރެއްވި ޓުވީޓެއްގައި ވަނީ ހުރިހާ ފަރާތްތަކުން ވެސް ރާއްޖޭގައި އަމާން ސިޔާސީ މާޙައުލެއް ގާއިމު ކުރުމަށް މަސައްކަތް ކުރުމަށް ގޮވާލައްވައިފަ އެވެ.
Sri Lanka is observing the situation in the Maldives. We expect all parties to uphold the rule of law and the constitution. We urge all parties to find a peaceful solution to the current situation.
— Ranil Wickremesinghe (@RW_UNP) February 3, 2018
ސުޕްރީމް ކޯޓުން ސިޔާސީ ހައްޔަރީންގެ ގޮތުގައި ތިބި ލީޑަރުން ވަގުތުން މިނިވަން ކުރުމަށް އަމުރުކުރިތާ 24 ގަޑިއިރަށް ވުރެ ގިނަ އިރު ވެފައިވީ ނަމަވެސް ސަރުކާރުން އަމުރު ތަންފީޒު ކޮށްފައި ނުވާތީ ބޭރުގެ ވަރަށް ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އެގޮތުން އެމެރިކާ، އިންޑިޔާ، އދ.، ޔޫރަޕިއަން ޔޫނިއަން ފަދަ ބައިނަލްއަގުވާމީ ނުފޫޒު ގަދަ ފަރާތްތަކުން ވަނީ ސަރުކާރުން އެންމެ މަތީ ކޯޓުން ކުރި އަމުރު ތަންފީޒު ކުރުމަށް ގޮވާލައިފަ އެވެ.