Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

ހޯމަ އަށް ތާވަލު ކުރި މަޖިލިސް ޖަލްސާ ކެންސަލް

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ - މަޖިލިސް

އަންނަ ހޯމަ ދުވަހު ބޭއްވުމަށް މަޖިލީހުގައި ތާވަލުކުރި ޖަލްސާ މިއަދު ކުއްލި ގޮތަކަށް ކެންސަލް ކޮށްފިއެވެ.

ޖަލްސާ ކެންސަލް ކޮށްފައިވަނީ ސަލާމަތީ ސަބަބަކާ ހެދި ކަމަށް މައުލޫމާތު ލިބިފައިވާއިރު އެކަމާ ގުޅޭ ގޮތުން އިތުރު އެއްވެސް ތަފްސީލެއް ލިބިފައެއް ނުވެއެވެ.

ކުއްލި ގޮތަކަށް މިއަދު ޖަލްސާ ކެންސަލް ކޮށްފައިވަނީ ސުޕްރީމް ކޯޓުން މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ނިންމި ނިންމުމާއެކު މަޖިލީހުގައި އޮތް ސަރުކާރުގެ މެޖޯރިޓީ ގެއްލިފައިވަނިކޮށެވެ.

ހޯމަ ދުވަހަށް ތާވަލުކޮށްފައިވަނީ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއެވެ. ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެއްސި މިޖަލްސާގައި ރައީސުލްޖުމުހޫރިއްޔާ ރިޔާސީ ބަޔާން އިއްވާނެއެވެ.

އިތުރު ތަފްސީލު އަންނަނީ..