Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

މާފުށީ ޖަލުގެ އިސް އޮފިސަރު އިސްތިއުފާދީފި

މާފުށީ ޖަލުގެ ޑައިރެކްޓަރު އޮފް ޕްރިޒަންސް ސަލްމާން ރަޝީދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަލްމާން އިސްތިއުފާ ދެއްވާފައިވަނީ ރޭގެ ވަގުތެއްގައެެވެ. އަދި އޭނާގެ އިސްތިއުފާ ކަރެކްޝަނުން ގަބޫލްކޮށްފައެވެ.

ސަލްމާން އިސްތިއުފާ ދީފައި މިވަނީ ސްޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެ ރޭ ނެރުނު އަމުރުގައި ޖަލުގައި ބަންދުކޮށްފައި ތިބި ސިޔާސީ ހައްޔަރީންގެ ތެރެއިން 9 މީހަކު ދޫކޮށްލުމަށް ކުރި އަމުރު ކަރެކްޝަނުން ތަންފީޒު ނުކޮށް ވަނިކޮށެވެ.

ބައެއް ސިޔާސީ ފަރާތްތަކުން ބުނާ ގޮތުން ސަލްމާން އިސްތިއުފާ ދެއްވީ ހުކުމް ތަންފީޒު ނުކުރެވުމުންނެވެ. ނަމަވެސް ސަލްމާނަށް ނުގުޅޭތީ އިތުރު މައުލޫމާތު ވަނީ ސާފުވާ ގޮތް ނުވެފައެވެ.