ފުވައްމުލަކު ތާރު އެޅި މަގުގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓް ވެފައިވަނީ ކާރަކާއި ބައިސިކަލެއް ޖެހިގެންނެވެ. އަދި މަރުވެފައިވަނީ ބައިސިކަލް ދުއްވަން އިން 74 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނީ އެކްސިޑެންޓްގެ މައުލޫމާތު ލިބުނީ 11:25 ހާއިރު ކަމަށާއި އެމީހާ ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް މަރުވެފައިވާ ކަމަށް އެރަށު ހޮސްޕިޓަލުން ބުނެފައިވާ ކަމަށެވެ.