Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

ސައުދީ ވެސް ވަކިކޮށް ފުލުސް އިދާރާ ނަވާޒާ ހަވާލުކޮށްފި

އެސިސްޓެންޓް ކަމިޝްނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ފޮޓޯ: ވީނިއުސް

ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަހުމަދު އަރީފްގެ ފޯނަށް ޖަވާބު ނުދެއްވާ ކަމަށް ބުނެ މަގާމުން ވަކިކުރުމަށްފަހު، ޑެޕިއުޓީ ކޮމިޝަނަރ ސައުދީއާއި ފުލުހުންގެ އިދާރާ ބުރާސްފަތި ދުވަހުގެ ރޭ ހަވާލުކުރުމަށްފަހު ސައުދީ ވެސް މަގާމުން ވަކިކޮށްފިއެވެ.

ސައުދީ މަގާމުން ދުރުކުރުމަށް ފަހު ފުލުސް އިދާރާ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒުއާއެވެ.

ނަވާޒަކީ ކުރިން އެސިސްޓެންޓް ކޮމިޝަނާގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. ކުއްލި ގޮތަކަށް ސައުދީ ވަކިކޮށްފައިވާއިރު އެ ނިންމުން ރައީސް ނިންމެވީ ކޮން ސަބަބަކާ ލައިގެން ކަމެއް އަދި އެނގިފައެއް ނުވެއެވެ.