Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

ރައީސް ޔާމީނަށް އޮތް ތާއިދު ދައްކަން ކުންފުނިތަކުގެ މުވައްޒަފުން ނެރެނީ!

ސްޕްރީމް ކޯޓުން ނެރުނު ހުކުމް ތަންފީޒު ނުކޮށް ދިގު ދަންމަމުން ސަރުކާރުން އަންނަ އިރު ރައީސް އަބްދުﷲ ޔާމީނަށް ތާއިދު އޮތް މިންވަރު ދައްކަން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް އަންގަން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބައެއް ކުންފުނި ތަކުގެ ވެރިން ވަނީ ވައިބަރ ގްރޫޕް ތަކުގައި މުވައްޒަފުން މިއަދު ހަވީރު 4:00 ޕީޕީއެމް ޖަގަހައަށް އައުމަށް އެދިފައެވެ. އެގޮތުން އެމްއާރްޑީސީ މުވައްޒަފުން ވެސްޓް ޕާކްގައި ހުންނަ ޕީޕީއެމް ޖަގަހައަށް އައުމަށް ވަނީ އަންގާފައެވެ.

މީގެ އިތުރުންވެސް އަތޮޅު ތަކުގައި ހުރި ސަރުކާރުގެ ކުންފުނި ތަކުގެ މުވައްޒަފުން ވެސް ވަކި ތަނަކަށް އެއްވުމަށް ދަނީ އަންގަމުންނެވެ. އެގޮތުން އައްޑޫ ސިޓީ ހިތަދޫ އެމްއާރްޑީސީ ކައިރިއަށް ފެނަކަ އަދި އެމްއާރްޑީސީ މުވައްޒަފުން އައުމަށް ވަނީ އަންގާފައެވެ.

އަދި ހުޅުދޫ ފެނަކަ މުވައްޒަފުންނާއި ރައީސް ޔާމީންގެ ސަޕޯޓަރުން ހުޅުމީދޫ މެދު ބަނދަރަށް އައުމަށް ދަނީ އަންގަމުންނެވެ.

ރައީސް ޔާމީންގެ ފަހަށްޕުޅުގައި ޕީޕީއެމް މެމްބަރުން ތިއްބެވުމަށާއި އަތޮޅު ތެރެއިން މާލެ އައުމަށް އިދިކޮޅު ފަރާތްތަކުން އަންގާ އެންގުމަށް ބޯ ނުލެބުމަށް ޕީޕީއެމްއިން ވަނީ ގޮވާލާފައެވެ.

ރައީސް ޔާމީނަށް ތާއިދު ކުރާކަން ދެއްކުމަށް ސޯޝަލް މީޑިއާގައިވެސް ބައެއް ސަރުކާރު ސަޕޯޓަރުން ދަނީ ޕޯސްޓްތައް ޖަހަމުންނެވެ.

މީގެ އިތުރުން ވަޒީރުންނާއި ޕީޕީއެމް/އެމްޑީއޭ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުން ވަނީ ބުނެފައެވެ.

ސްޕްރީމް ކޯޓުގެ އަމުރަށްފަހު ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުންނާއި ވަޒީރުން ބާއްވާ ނޫސް ކޮންފަރެންސްތަކުގައި އެބޭފުޅުންގެ މޫނުމަތިން ފެންނަނީ މާޔޫސް ކަމާއި މޮޅިވެރިކަމެވެ.