Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

މިއުޅެނީ ސިޔާސީ ކަންކަމާ ވަރަށް ދުރުގައި: ފަލާހް

އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރ ފަލާހު، ފޮޓޯ: ޓްވިޓަ

މިވަގުތު އުޅުއްވަނީ ސިޔާސީ ކަންކަމާ ތަންކޮޅެއް ދުރުގައި ކަމަށް އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

ފަލާހު މިހެން ވިދާޅުވެފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު ހުކުމާއި ގުޅިގެން "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ސުޕްރީމް ކޯޓުގެ ހުކުމާއި ބެހޭގޮތުން ސުވާލު ކުރުމުން ފަލާހު ވިދާޅުވެފައި ވަނީ އެކަމާ ގުޅިގެން މިވަގުތު އެއްވެސް ކޮމެންޓެއް ދެވެން ނެތް ކަމަށެވެ.

ފަލާހު މިހެން ވިދާޅުވެފައި ވާއިރު، އޭނާ އަކީ ޕީޕީއެމްގެ މެންބަރުންގެ ތެރެއިން ރައީސް ޔާމީނަށް ތާއީދުކޮށް އެންމެ ގަދައަށް ވާހަކަ ދައްކަވަމުން ގެންދެވި މެންބަރަކެވެ.

ނަމަވެސް ފަހަކަށް އައިސް ޕީޕީއެމްގެ ޖަލްސާތަކުން ވެސް ފަލާހު ނުފެނެއެވެ. އަދި ރައީސް ޔާމީން އާއި އެކު ތިބިކަން ހާމަކުރުމަށް ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން ވެސް ފަލާހު ފެނިފަ އެއް ނުވެއެވެ.