Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

ރިޔާސީ އިންތިހާބުގެ ކެމްޕޭން ޔާމީން ރަސްމީކޮށް ފައްޓަވައިފި

ރައީސް ޔާމީންގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް މިއަދު ފެއްޓެވިކަން އިއްލާން ކުރައްވައިފި

ސްޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ނެރުނު ކޯޓު އަމުރަށްފަހު ފުރަތަމަ ފަހަރަށް ރައީސް ޔާމީން އާއްމުންނާއި ބައްދަލުކޮށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މިއަދުން ފެށިގެން ރިޔާސީ އިންތިހާބްގެ ކެމްޕެއިން ފައްޓީކަމަށެވެ.

ޕީޕީއެމްއަށް ތާއިދު ކުރާ ފަރާތްތަކާއި މުހާޠަބުކޮށް ޕީޕީއެމް ޖަގަހަ ކުރިމަތީގައި ރައީސް ވިދާޅުވީ އެމަނިކުފާނަކީ ފިލައިގެން ދާނެ ބޭފުޅެއް ނޫންކަމަށާއި އެމަނިކުފާންގެ ވާދަވެރިން ބަހުސަށް ވަޑައިގެން ކުރިމަތި ލައްވަންވީ ކަމަށެވެ.

އަދި ޕީޕީއެމްގެ ސަޕޯޓަރުން މިއަދު ދެއްކެވި ތާއިދާއި އެކު ކެމްޕެއިން ފެއްޓެވީކަމަށެވެ. މިހާރުވެސް ރާއްޖޭގެ ތަރައްޤީއަށް ގިނަ ކަންކަން ކޮށްދެއްވާފައިވާކަން ރައީސް ތަކުރާރު ކުރެއްވިއެވެ.