ރައީސް އޮފީހުގެ ފޮރިން އަންޑަ ސެކްރެޓަރީ ފައްޔަޒު ޝާޠިރު މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ފައްޔާޒްގެ ފޭސްބުކް އެކައުންޓުގައި ވިދާޅުވެފައި ވަނީ "ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސް އަންޑަސެކްރެޓަރީގެ މަގާމުން މިއަދުން ފެށިގެން އިސްތިއުފާ ދެއްވައިފި" ކަމަށެވެ.
މަޝްހޫރު ގާނޫނީ ވަކީލް ހުސްނުއް ސުއޫދު އާއި ކުރީގެ ބަންޑާރަ ނައިބް ޑރ. މުނައްވަރަށް ބޮޑު ބޭބެ ވިދާޅުވާ ފައްޔާޒު މަގާމުން އިސްތިއުފާ ދެއްވި ސަބަބު އަދި ސާފެއް ނުވެއެވެ.
ފައްޔާޒު އަކީ ޑެޕިއުޓީ މިނިސްޓަރ ފެންވަރުގެ ބޭފުޅެކެވެ.