Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

އަމުރު ތަންފީޒު ކުރުން ލަސްވަނީ އުއްތަމަ ފަނޑިޔާރާ ނުގުޅިގެން

ކުރީގެ ބަންޑާރަ ނައިބް މުހައްމަދު އަނިލް

ސްޕްރީމް ކޯޓުގެ އަމުރު ސަރުކާރަށް ތަންފީޒު ނުކުރެވި ލަސްވަނީ އުއްތަމަ ފަނޑިޔާރާއި ނުޅިގެން ކަމަށް ބަންޑާރަ ނައިބް މުހައްމަދު އަނިލް ވިދާޅުވެއްޖެއެވެ.

ޕިއެސްއެމްއަށް ރޭ އަނިލް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސްޕްރީމް ކޯޓުގެ ހުކުމްގައި ހުރި ކަންކަމުގެ ތެރެއިން ޕީޖީ އަދި ޕޮލިހުން ކަންބޮޑުވާ ކަންކަން ސްޕްރީމް ކޯޓަށް ހުށަހަޅުއްވަން އުއްތަމަ ފަނޑިޔާރާއި ގުޅޭތޯ ވަރަށް މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް އެކަން ކާމިޔާބް ނުވިކަމަށް އަނިލް ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރާއި ނުޅިގެން ހުކުމް ތަންފީޒު ނުކުރެވި ލަސްވާކަމަށް އަނިލް ވިދާޅުވިއިރު ރޭ އުއްތަމަ ފަނޑިޔާރު ހައްޔަރު ކުރަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރި ގިނަ ބަޔަކު ވަނީ އަބްދުﷲ ސައީދު އުޅުއްވާ ގެ ކޮޅު ކައިރިއަށް އެއްވެފައެވެ. ފުލުހުން ވަނީ އެންމެން ފަހަތަށް ޖައްސާފައެވެ.