Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

މުޒާހަރާގައި ހުޅުދޫ ކައުންސިލަރު ޝުކުރީއަށް އަނިޔާވެއްޖެ

ސްޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހުޅުދޫ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުކުރީއަށް ސީރިއަސް އަނިޔާތަކެއް ލިބި ފަރުވާ ދެމުން އެބަދެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝުކުރީއަށް އަނިޔާވެފައިވަނީ އޯކިޑްމަގު ސަލްސާ ކައިރިން ފުލުހުން ބާރުގެ ބޭނުން ކޮށް މުޒާހަރާ ރޫޅާލަން އުޅުމުގެ ތެރޭގައިއެވެ.

މަންޒަރު ދުށް ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ޝުކުރީގެ ބޯފަޅައިގެން ގޮސްފައިވަނީ ފުލުހުންގެ މުގުރަކުން ޖެހިގެންނެވެ، އޭނާއަށް އޭޑީކޭގައި ފަރުވާ ދެމުން އަންނަ އިރު ލިބިފައިވާ އަނިޔާގެ އިތުރު ތަފްސީލެއް ނުލިބެއެވެ.

ޝުކުރީއަކީ މީގެ ކުރިން ސިފައިންގޭގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ.