Last Updated: May 5, 19:21
Sunday, May 5, 2024
ޚަބަރު

"އެޗްއާރް ސަމިޓް" އަށް ފުރުސަތު ހުޅުވާލައިފި

ހިއުމަން ރިސޯސަސް ދާއިރާ އަށް ޚާއްސަކޮށްގެން ރާއްޖޭގައި އަލަށް ބާއްވާ "އެޗްއާރް ސަމިޓް އެންޑް އެކްސްޕޯ" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ސަމިޓް ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 3 ވަނަ ދުވަހު ދަރުބާރުގޭގަ އެވެ.

ސަމިޓްގައި ބައިވެރިވާން އެޗްއާރް މޯލްޑިވްސްގެ ވެބްސައިޓް http://hrmaldives.com/ އިން ރަޖިސްޓްރީ ކުރެވޭނެ އެވެ. އިތުރު މައުލޫމާތު 7793995 އިން ލިބޭނެ އެވެ.

އެޗްްއާރް ސަމިޓަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވިޔަފާރީގެ ދާއިރާގައި މަސައްކަތް ކުރާ ބިޒްނަސް އެކްޒެކްޓިވުންނާއި އެޗްއާރް ޑިރެކްޓަރުންނާއި އެޗްއާރް ދާއިރާގައި މަސައްކަތް ކުރާ އެހެނިހެން ފަރާތްތަކަށް ބާއްވާ ސަމިޓެކެވެ.

ސަމިޓްގެ ތެރެއިން ރާއްޖޭގެ ވިޔާފާރިތަކާއި އޮފީސްތައް އިތުރަށް ކުރިއެރުވުމާ ބެހޭ ގޮތުން މަޝްވަރާތައް ކުރާނެއެވެ. އަދި އެޗްއާރް ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ގޮންޖެހުންތައް ހައްލުކޮށް ކުރިއަށް ދާނެ ގޮތްތަކާއި އެޗްއާރް ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރާނެ އެވެ.

މި ސަމިޓުގައި އެޗްއާރް ދާއިރާގެ ފާހަގަކޮށްލެވޭ ލީޑަރުންނާއި އެކްސްޕާޓުން ބައިވެރި ވާނެ އެވެ.