Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

ރާއްޖެ ޓީވީ ބަންދު ކުރަން ޕީޕީއެމުން ގޮވާލައިފި

ރާއްޖެ ޓީވީ ބަންދުކުރުމަށް ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމުން މިއަދު ގޮވައި، މިނިވަން މީޑިޔާއަށް ހުރަސް އެޅުމަށް ފާޅުގައި ގޮވާލައިފިއެވެ.

ޕީޕީއެމުން ރާއްޖެ ޓީވީ ބަންދުކުރުމަށް ގޮވާލާފައިވަނީ ފިތުނަ ފަސާދަ އުފައްދަމުންދާ ކަމަށް ބުނެއެވެ. ރާއްޖެ ޓީވީއިން ދަނީ ރައްޔިތުންނާ ހަމައަށް 24 ގަޑިއިރު ޚަބަރު ފޯރުކޮށްދެމުން ކަމަށް އެ ސްޓޭޝަނުން ބުނެފައިވެއެވެ.

ރައީސް ޔާމީނާއެކު ސާބިތުވެ ތިބި ކަން އަންގައިދިނުމަށް ޕީޕީއެމުން ކޮންމެ ދުވަހަކުވެސް ބާއްވަމުން އަންނަ ޕްރެސް ކޮންފަރެންސުގައި މިއަދު ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައިވަނީ ގައުމުގެ އަމާންކަން ނަގާލުމަށް ރާއްޖެ ޓީވީއަށް ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.

ޕީޕީއެމްގެ މި ގޮވާލުމާ ގުޅިގެން ބްރޯޑްކޮމް އިން އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.