Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

މެމްބަރުން މަޖިލީހަށް ވަޑައިގަންނަވަނީ

ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު މަގާމުން އިސްތިއުފާ ދެއްވާފައި ވަނިކޮށް މަޖްލިސް މެމްބަރުން މަޖްލިސް އިދާރާއަށް ވަޑައިގެންފިއެވެ.

މަޖްލިސް މެމްބަރުން މަޖްލިސް އިދާރާއަށް ވަދެވަޑައިގަންނަމުން އަންނަ އިރު އިދާރާގެ ސެކިއުރީޓީގައި ޝީލްޑް ހިފައިގެން ސިފައިން ވަނީ ސަފު އަތުރާލާފައެވެ.

ސިފައިން މަޖިލިސް ކުރާގޭގެ ސެކިއުރިޓީ ބަލަހައްޓަމުން އަންނައިރު ގޭޓް ވަނީ ތަޅުލާފައެވެ. ނަމަވެސް ބައެއް މެމްބަރުން ވަނީ މަޖިލިސްގެ ފާރުމަތިން ފުންމާލައިގެން ވަދެފައެވެ.

މަޖިލިސް އިދާރާއަށް މެމްބަރުން ވަދެވަޑައިގަންނަވާ އިރު މަޖިލިސްގައި ސަރުކާރުން ދަމަހައްޓަމުން އައި މެޖޯރިޓީ ވަނީ ގެއްލިފައެވެ.

ތަފްސީލް އަންނަނީ…..