ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރ އިލްހާމް އަހުމަދު އާއި މައްޗަންގޮޅި ދެކުނު ދާއިރާގެ އަބްދުﷲ ސިނާން ހައްޔަރުކޮށްފިއެވެ.
ސިނާން އާއި އިލްހާމް ހައްޔަރުކޮށްފައިވަނީ އެދެބޭފުޅުން ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭން ބޭރުގައި ތިއްވުމަށްފަހު މިއަދު ވަޑައިގެންނެވިތަނުންނެވެ.
އިލްހާމް އާއި ސިނާން ހައްޔަރުކޮށްފައިވާއިރު އެ ދެ ބޭފުޅުން ހޯދަން މިދިޔަ މަހުގެ 31 ވަނަ ދުވަހު ފުލުހުން ވަނީ އިއުލާނުކޮށްފައެވެ. ނަމަވެސް ފަހުން ވަނީ އެދެބޭފުޅުން ހޯދަން ކުރި އިއްލާން ބާޠިލްކޮށްފައެވެ.