Last Updated: June 21, 13:41
Sunday, June 21, 2026
ޚަބަރު

މިއީ ކަލޭމެންގެ އެކަނި ގައުމެއް ނޫން: އަބްދުއް ރަހީމް

މިއީ ކަލޭމެން އެކަނި ގައުމެއް ނޫންކަމަށާއި ރައީސް އަބްދުﷲ ޔާމީން އަޒަލު ކުރުމަށް ފުުރުސަތު ނުދޭނެކަމަށް ބުނެ އިދިކޮޅު ފަރާތްތަކަށް ފޮނަދޫ ދާއިރާގެ މެމްބަރ އަބްދުﷲ އަބްދުއް ރަހީމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއިން މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި އަބްދުއް ރަހީމް ވިދާޅުވީ މި ގައުމުގެ ރައީސުލް ޖުމްހުރިއްޔާ އަޒަލު ކުރުމަށް ނެރޭ އަމުރު ތަންފީޒު ނުކުރާނެކަމަށް ބަންޑާރަ ނައިބް ނިންމެވި ނިންމެވުމަށް މަރުހަބާ ކިޔާކަމަށެވެ.

"މިއީ، ކެނެރީގޭ މުހައްމަދު ނަޝީދުގެ އެކަނި ގައުމެއް ނޫން. މިއީ ގާސިމް އިބްރާހީމްގެ އެކަނި ގައުމެއް ނޫން. މައުމޫން އަބްދުލްގައްޔޫމްގެ އެކަނި ގައުމެއް ނޫނޭ މިއީކީ. ޝޭހް އިމްރާންގެ އެކަނި ގައުމެއް ނޫނޭ. މިއީ ހުރިހާ ރައްޔިތުންގެ ގައުމެއް."

އަބްދުއް ރަހީމް ވަނީ ރާއްޖެ ޓީވީ ބަންދުކުރުމަށް ރާއްޖޭގެ ކަމާއި ބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.