Last Updated: May 5, 21:32
Sunday, May 5, 2024
ޚަބަރު

އިކޯ-ޓޫރިޒަމަށް ތަކެތި ހޯދުން އަލުން ބީލަމަށް

އައްޑޫ ހިތަދޫ އީދިގަލި ކުޅި އާއި ކޯއްޓޭ ސަރަހައްދު ހިމެނޭ ގޮތަށް އިކޯ ޓޫރިޒަމް މަޝްރޫއެއް ހިންގަމުން އަންނަ އިރު، އެތަނަށް ބޭނުންވާ ސާމާނުތައް ސަޕްލައިކޮށް ދޭނެ ބަޔަކު ހޯދަން އެންވަޔަރަމަންޓް މިނިސްޓްރީން އަލުން ބީލަމަށް ލައިފި އެވެ.

އެންމެ ފުރަތަމަ މިކަމަށް ހުޅުވާލީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ދެ ސީޓް ހިމެނޭ ހަ ޕެޑެލް ބޯޓާއި، ފަސް ސީޓް ހިމެނޭ ހަ ޕެޑެލް ބޯޓާއި ހަ ސްނޯކެލް ގިއާ، 20 ބާޑްވޮޗިން ބައިނޮކިއުލާ، 26 ލައިފްޖެކެޓް، ކެނޯ އަދި ދެ ޑިންގީ ސަޕްލައި ކުރަން ބޭނުންވާ ކަމަށެވެ.

އެހެންވެ މި ތަކެތި ސަޕްލައިކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 19 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ބިޑް ހުޅުވުން އޮންނާނީ މި މަހުގެ 20 ވަނަ ދުވަހު އެވެ.

އައްޑޫ އިކޯ-ޓޫރިޒަމް ޕްރޮޖެކްޓަކީ އެންވަޔަރަމަންޓް މިނިސްޓްރީ އާއި ޔޫރަޕިއަން ޔުނިއަންގެ ހިލޭ އެހީގައި ހިންގަމުންދާ ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓްގެ (ސީސީއޭޕީ) ގެ ބައެކެވެ.