ރާއްޖޭގެ ސިޔާސީ މަސްރަހް ވަރަށް ބޮޑަށް ހަލަބޮލިވާތީ ރާއްޖޭގައި ތިބި ޗައިނާ މީހުން ސަމާލުވުމަށް ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން އަންގައިފިއެވެ.
އެމްބަސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މީހުން ގިނައިން އެއްވާ ތަންތަނަށް ނުދިއުމަށާއި އިމަޖެންސީ ކަމެއް ދިމާވެއްޖެ ނަމަ ރާއްޖޭގެ ދިފާއީ ބާރުގެ އެހީތެރިން ހޯދުމަށާއި ނުވަތަ އެމްބަސީގެ އެހީތެރިކަން ހޯދުމަށް ވަނީ އިލްތުމާސް ކޮށްފައެވެ.
މީގެ އިތުރުން އެމެރިކާ އަދި އިނގިރޭސިވިލާތުންވެސް ވަނީ އެގައުމުގެ ރައްޔިތުންވެސް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.