ސުޕްރީމް ކޯޓްގެ އަމުރު ތަންފީޒް ކުރާނީ ކޮންއިރަކުންތޯ ކަމާއިމެދު ސުވާލު އުފައްދަވާ އެމެރިކާ އިން ރާއްޖެ އާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕް ޓްވީޓް ކުރައްވައިފިވި އެވެ.
މިއަދު ކެޝަޕް ކުރެއްވި ޓްވީޓެއްގައި ވަނީ މާދަމާ ބާއްވަން އެޖެންޑާ ކުރެވުނު މަޖިލީހުގެ ޖަލްސާ ކެންސަލް ކޮށްފައި ވަނީ ސަލާމަތީ ކޮން ސަބަބަކާއި ހުރެތޯ ސުވާލު އުފައްދަވާފަ އެވެ.
What security risk prevents the #Maldives #Majlis from meeting tomorrow? Why are MPs pepper sprayed in the streets and arrested on arrival at airport? When will Government, police, & army implement Supreme Court orders freeing jailed MPs and restoring suspended MPs’ privileges?
— Atul Keshap (@USAmbKeshap) February 4, 2018
މީގެ އިތުރުން މަގުމަތީގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ލޮލަށް ޕެޕާ ސްޕްރޭ ޖަހަނީ ކީއްވެގެންތޯ އާއި އެއާޕޯޓުން މަޖިލީހުގެ މެމްބަރުން ހައްޔަރުކޮށްފައި ވަނީ ކޮން ސަބަބަކާ ހުރެތޯ ވެސް ސަފީރު ވަނީ ސަރުކާރާއި މުއައްސަސާތަކާއި ސުވާލު ކުރައްވާފައެވެ.
ކެޝަޕް މިހެން ވިދާޅުވެފައި ވަނީ މިއަދު ވެސް މާލެ ވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ޝިނާން އެއާޕޯޓުން ހައްޔަރު ކުރެއްވުމާއި ގުޅިގެންނެވެ.
މިއަދު ކުރެއްވި ޓްވީޓްގައި ކެޝަޕް ވަނީ ހައްޔަރުކޮށްފައިވާ ސިޔާސީ ލީޑަރުން މިނިވަންކޮށް ސަސްޕެންޑް ކޮށްފައިވާ މަޖިލީހުގެ މެމްބަރުންގެ ހައްޤުތައް އަލުން އިޔާދަކުރުމާއެކު ސުޕްރީމް ކޯޓްގެ އަމުރު ތަންފީޒް ކުރާނީ ކޮންއިރަކުންތޯ ކަމާއިމެދު ރާއްޖޭގެ ސަރުކާރާއި ސިފައިންނާއި ފުލުހުންނަށް އަމާޒުކޮށް ސުވާލު ކުރައްވާފައެވެ.