ޤައުމުގެ ތަރައްޤީ އާއި ޤައުމަށް ބޮޑެތި ލާބަޔާއި މަންފާ ލިބޭ ޚިދުމަތްތައް ކޮށްދީފައިވާ އަންހެނުންނަށް ދޭ ރެހެންދި އެވޯޑަށް ނަން ހުށަހެޅުމުގެ މުއްދަތު ޖެންޑާ މިނިސްޓްރީން އިތުރުކޮށްފި އެވެ.
މީގެ ކުރިން މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި އޮތީ މިއަދާއި ހަމައަށެވެ. ނަމަވެސް މިހާރު އެ މުއްދަތު ވަނީ މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފަ އެވެ.
މި އަހަރު ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ޖުމްލަ ހަ ދާއިރާއަކުންނެވެ. އެއީ:
މި އެވޯޑަށް ނަން ހުށަހަޅާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތީގެ ތަފްސީލު ރެހެންދި އެވޯޑަށް ނަން ހުށަހަޅާ ފޯމްގައި ހިމަނާފައިވެއެވެ. އަދި މި އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުތުތައް އެކުލެވޭ ލިޔުން ޖެންޑާ މިނިސްޓްރީ އިން ލިބޭނެކަމަށް އެ މިނިސްޓްރީ އިން ބުނެއެވެ.
މި އެވޯޑަށް ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ފޯމް ހުށަހަޅަންވާނީ 8 ފެބްރުައަރީ 2018 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ދުވަސްތައް ނޫން ކޮންމެ ދުވަހެއްގެ 8:00 އިން ފެށިގެން 14:00 އަށް ޖެންޑާ މިނިސްޓްރީ އަށެވެ.