Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

ކޯޑިނޭޓަރުންތަކެއް އިސްވެ ސްޕްރީމް ކައިރީ އަޑު އުފުލައިފި

ސަރުކާރުގެ ބައެއް ކޯޑިނޭޓަރުން އިސްވެ، ޕީޕީއެމް މެމްބަރުންނާއި އެކު ސްޕްރީމް ދޮށައް އެއްވެ އަޑު އުފުލައިފިއެވެ.

ސްޕްރީމް ކޯޓު ކައިރިއަށް އެއްވި މީހުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިސްތިއުފާއަށް ގޮވައި ހުކުމް ގަބޫލް ނުކުރާނެ ކަމށް ވަނީ ބުނެފައެވެ.

މީގެ އިތުރުންވެސް ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ރިޝްވަތު ނަންގަވާފައިވާކަމަށް ތުހުމަތުކޮށް ވަނީ އަޑު އުފުލާފައެވެ.

ދިވެހި ރާއްޖޭގެ ކޯޓު ސަރަހައްދަކީ އެއްވެ އުޅުން މަނާ ސަރަހައްދަކަށް ވުމުން މާގިނަ އިރު ތަކެއް ނުވެ ފުލުހުން ވަނީ އެސަރަހައްދަށް އެއްވި މީހުން ފޮނުވާލާފައެވެ.