ރައީސް ޔާމީން ޖެހެނީ މިހާރުން މިހާރަށް އިސްތިއުފާ ދެއްވަން ކަމަށް ބުނެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓް، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު މިއަދު ރީޓްވީޓް ކުރައްވައިފި އެވެ.
Pledging to hold an early election in a fixed term presidential system as in the Maldives is ludicrous. President Yameen must relent and leave now.
— Mohamed Nasheed (@MohamedNasheed) February 4, 2018
އެ ޓްވީޓްގައި ރައީސް ނަޝީދު ވަނީ ރާއްޖެފަދަ ރިޔާސީ ދައުރު ބަޔާންވެގެންވާ ޤައުމެއްގައި އަވަސް އިންތިހާބެއް ބޭއްވުމުގެ ވާހަކައަކީ ހުތްޖަތެއް ނެތް މޮޔަ ވާހަކައެއް ކަމަށާއި، ރައީސް ޔާމީން ޖެހެނީ ރައީސްކަމުން އިސްތިއުވާ ދެއްވާ ދުރަށް ޖެހިވަޑައިގަންނަވަން ކަމަށް ވިދާޅުވެފަ އެވެ.
ޑރ. މުހައްމަދު ވަހީދަކީ ރައީސް ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނުގެ ނައިބު ރައީސްގެ މަޤާމް ފުރުއްވާ، ނަޝީދު އިސްތިއުފާދެއްވުމާއި ގުޅިގެން ރާއްޖޭގެ ރައީސްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ވަހީދުގެ ވެރިކަން ނިމުނުފަހުން އެމަނިކުފާނަކީ ޤައުމުގައި ހިނގާ ކަންކަމާމެދު މާބޮޑަށް ބަސް ވިދާޅުވެ އުޅުއްވާ ބޭފުޅަކަށް ނުވާއިރު، މިއަދު މިވަނީ ކުއްލިއަކަށް ރައީސް ނަޝީދު ކުރެއްވި ޓްވީޓަށް ހިތްވަރުދީ އެ މެސެޖު ރީޓްވީޓް ކުރައްވާފައެވެ.