Last Updated: June 10, 14:00
Wednesday, June 10, 2026
ޚަބަރު

ގާނޫނު އަސާސީ "ޕެރެލައިޒް" ނުކުރެވޭނެ: އައިބީ

ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމްދީދީ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ

ރާއްޖޭގެ ގާނޫނު އަސާސީ "ޕެރެލައިޒް" ކުރަން ބަޔަކު އުޅޭނަމަ އެފުރުސަތެއް ދިވެހި ރައްޔިތުން ނުދޭނެކަމަށް އައްޑޫ ފޭދޫ ދާއިރާގެ މެމްބަރ އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.

ސަރުކާރަށް އޮތް ތާއިދު ދައްކާލުމަށް ރޭ "ރުމާލު 2" ޖަގަހައިގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަން އައިބީ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ އެއްވެސް ކަރަޕްޝަނެއް އަދި ހިޔާނާތުގެ މައްސަލައެއް ނެތްކަމަށެވެ.

އައިބީ ވިދާޅުވީ މިހާރު ދިމާވެގެން އުޅޭ މައްސަލަ އަކީ އިދިކޮޅު ފަރާތްތަކަށް އިންތިހާބް ކާމިޔާބް ނުކުރެވޭނެކަމަށް ގަބޫލުވުން ކަމަށެވެ.

އައިބީ ވިދާޅުވީ މިއަދު މި ދިމާވެގެން އުޅެނީ އެންމެ މައްސަލަ އެއް ކަމަށާއި އެއީ 30 އަހަރު ދުވަސް ވީ ވެރިކަން ނުވެއްޓިގެން އުޅެނީކަމަށެވެ.

އަދި ވިދާޅުވީ ރައީސް ޔާމިނުގެ ވެރިކަމުގައި މިއަދު ހުންނެވި އިރު ކުރީގެ ރައީސުން މިއަދު ރައްޔިތުންގެ ކުރިމައްޗަށް އަރަން ލަދު ގަންނަން ޖެހޭނެ ކަމަށާއި އެއީ 35 އަހަރު ދުވަސް ތެރޭގައި ކުރީގެ ރައީސުން ޤައުމު ދަރުވާލާފައި އޮތް ދެރުން އަދާކުރެއްވީ ރައީސް ޔާމީނުގެ ޙިކުމަތްތެރި އިޤްތިޞާދީ ވިސްނުނުްފުޅު ބޭނުން ކުރައްވައިގެންކަމަށް ވާތީ އެވެ.