Last Updated: June 21, 13:18
Sunday, June 21, 2026
ޚަބަރު

އިލްހާމް އާއި ސިނާން މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އާއި މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރ އަބްދުﷲ ސިނާންގެ ބަންދާއި މެދު ގޮތެއް ނިންމަން މިއަދު ހެނދުނު 10:00 ޖަހާއިރަށް ކްރިމިނަލް ކޯޓަށް ގެންނާނެކަމަށް އެދެމީހުންގެ ވަކީލުން ބުނެފިއެވެ.

ރިޝްވަތުގެ ތުހުމަތުގައި އިލްހާމް އާއި ސިނާން ހައްޔަރު ކުރީ ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭން ބޭރުގައި އުޅުއްވުމަށްފަހު އިއްޔެ މެންދުރު ރާއްޖެ އައުމުންނެވެ.

ފުލުހުން ބުނީ ސިނާން އާއި އިލްހާމް ހައްޔަރު ކުރީ ބަލަމުންދާ ކަރަޕްޝަންގެ މައްސަލައިގެ ތަހްގީގަށް ކަމަށެވެ. އިލްހާމް އާއި ސިނާން ހައްޔަރު ކުރަން ހޯދަން މީގެ ކުރިންވެސް ފުލުހުން އިއްލާން ކުރިއެވެ. ނަމަވެސް ފަހުން ވަނީ އެ އިއްލާން ބާޠިލްކޮށްފައެވެ.