Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

ރައީސްގެ ފަރާތުން ސުޕްރީމް ކޯޓަށް 3 މައްސަލަ ހުށައަޅައިފި

ސުޕްރީމް ކޯޓުން އިދިކޮޅު 9 ސިޔާސީ ލީޑަރަކު ވަގުތުން މިނިވަން ކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު އަމުރުކޮށްފައިވާއިރު، އެއަމުރު ތަންފީޒު ނުކޮށް ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން މިއަދު ތިން މައްސަލަ ސުޕްރީމް ކޯޓަށް ހުށައަޅައިފިއެވެ.

ސުޕްރީމް ކޯޓަށް ރައީސްގެ ފަރާތުން ތިން މައްސަލަ ހުށައަޅާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވަނީ ވިދާޅުވެ ޓުވީޓު ކުރައްވާފައެވެ. ނަމަވެސް އެ މައްސަލަތަކުގެ ތަފްސީލެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ.

ރައީސުލް ޖުމުހޫރިއްޔާ އުއްތަމަ ފަނޑިޔާރަށް ފޮނުވި ސިޓީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ ސަބަބުން ދައުލަތުގެ މުއައްސަސާ ތަކުގެ ބާރު ކެނޑިދާ ކަމަށް ބުނެފައިވާ ކަމަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރު ވިދާޅުވެފައިވެއެވެ.

އިތުރު ތަފްސީލު އަންނަނީ..