Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ޕްރޮމޯޝަނަކާ އެކު "ފަލަކް ސްޕޯޓްސް" ހުޅުވައިފި

އޮރިޖިނަލް ސްޕޯޓްސް ސާމާންތަކާ އެކު "ފަލަކް ސްޕޯޓްސް" ހުޅުވައިފި އެވެ.

ހިތަދޫ، ބޮޑު މަގުގައި ހުޅުވި "ފަލަކް ސްޕޯޓްސް" އިން ބުނީ ފިހާރަ ހުޅުވުމާ ދިމާކޮށް %50 ގެ ހާއްސަ ޕްރޮމޯޝަނެއް ފަށާފައިވާ ކަމަށެވެ.

މި ފިހާރައަކީ ސޮނީ ސްޕޯޓްސްއާ ގުޅިގެން ހުޅުވާފައިވާ ފިހާރައެކެވެ.

ފިހާރައިގެ ފަރާތުން އިބްރާހިމް ޝިނާޒު މޫސާ ބުނީ ފަލަކް ސްޕޯޓްސް އިން ސޮނީން ލިބެން ހުރި އޮރިޖިނަލް ސާމާން ހެޔޮ އަގުގައި އައްޑޫ ރައްޔިތުންނަށް ލިބެން ހުންނާނެ ކަމަށެވެ.

ޝިނާޒު ބުނީ އެންމެ ފަހުގެ ފުޓްބޯޅަ ބޫޓާއި ޖާޒީ އާއި ޖާޒީ ސެޓްގެ އިތުރުން ދުވަން ބޭނުން ކުރާ ބޫޓާއި ސާމާން ވެސް އެތަނުން ލިބެން ހުންނާނެ ކަމަށެވެ.

އެ ފިހާރައިން ވިއްކާ ހާއްސަ ބްރޭންޑް ތަކުގެ ތެރޭގައި، ނައިކީ، އެޑިޑާސް، ކުއިކްސިލްވާ އަދި ރިޕްކާލްގެ އުފެއްދުން ހިމެނެއެވެ.