Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

ހުސައިން އިސްތިއުފާ ދެއްވައިފި

ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، ހުސެއިން ރަޝީދު މިއަދު އިސްތިއުފާ ދެއްވައި، އިސްތިއުފާގެ ސިޓީ ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް ފޮނުއްވައިފި އެވެ.

އިސްތިއުފާގެ ސިޓީގައި އިސްތިއުފާ ދެއްވި ސަބަބަކަށް ވިދާޅުވެފައި ވަނީ އޭނާ އިސްތިއުފާ ދެއްވަނީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރުން ލަސްވެ، އެކަމާ ގުޅޭ ސުވާލުތަކަށް ޖަވާބު ލިބެމުން ނުދާތީ ކަމަށެވެ.

ސްޓޭޓް މިނިސްޓަރުގެ މަގާމުގެ އިތުރުން ހުސެއިންއަކީ ޑްރަގް އެޖެންސީގެ ބޯޑް މެންބަރެއް ވެސް މެއެވެ. އަދި މަސްތުވާތަކެތި ކޮންޓްރޯލް ކުރުމުގެ ގައުމީ ފަންޑުގެ ގަވަނިން ބޯޑްގެ ވައިސް ޗެއާގެ މަގާމު ވެސް ފުރުއްވަނީ އޭނާ އެވެ.

މިއަދު އޭނާ ވަނީ އެ ހުރިހާ މަގާމަކުން އިސްތިއުފާ ދެއްވާފައިވާކަން އިއުލާންކޮށްފައެވެ.

ހުސައިންއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުފެއްދެވި ސަދަން ހެލްތު ހެލްތު ކޯޕަރޭޝަންގެ މެނެޖިން ޑިރެކްޓަރުގެ މަގާމު ވެސް އަދާ ކުރެއްވި އައްޑު އަށް ނިސްބަތްވާ ބޭފުޅެކެވެ.