Last Updated: June 28, 06:35
Sunday, June 28, 2026
ޚަބަރު

ތަހުގީގަކަށް ކަމަށް ބުނެ ފުލުހުން މައުމޫނު ދިރިއުޅުއްވާ ގެކޮޅަށް

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ސުވާލު ކުރުމަށް ކަމަށް ބުނެ ފުލުހުން ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާ ސުވާލު ކުރުމަށް އެމަނިކުފާނުގެ ދިރިއުޅުއްވާ ގެކޮޅަށް ގޮސްފިއެވެ.

މިކަމާއި ގުޅިގެން ފުލުހުން ޓްވިޓަރ މެދުވެރިކޮށް ބުނެފައިވާ ގޮތުގައި ރައީސް މައުމޫން ސުވާލު ކުރުމަށް އެ ގެކޮޅަށް ދިއުމުން މިވަގުތު ބައްދަލުކުރެވެން ނެތް ކަމަށާއި ފަހުން ގުޅުއްވާނެ ކަމަށް ބުނެފައިވާ ކަމަށެވެ.

ފުލުހުން މައުމޫނާއި ސުވާލުކުރަނީ ކޮން މައްސަލަ އަކާއި ގުޅިގެން ކަން ފުލުހުން ބުނެފައި ނުވާއިރު، މީގެ ދުވަސްކޮޅެއް ކުރިން އެ މަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ފާސްކުރުމަށް ފުލުހުން ގޮސްފައިވެއެވެ.