Last Updated: May 5, 17:10
Sunday, May 5, 2024
މީހުން

ހީލަތުގެ މައްސަލައެއްގައި މީދޫ މީހަކު ހޯދަނީ

ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ މަކަރާއި ޙީލަތުގެ މައްސަލައަކާ ގުޅިގެން ސ. މީދޫ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

މި މައްސަލައާ ގުޅިގެން ހޯދަނީ މީދޫ، ވާދޫގެ ފަރުޝާން އިބްރާހީމްދީދީ، 40، އެވެ.

މި މައްސަލާގައި އޭނާއާ އެކު އިތުރު އެހެން ދެ މީހަކު ވެސް ފުލުހުން އަންނަނީ ހޯދަމުންނެވެ. އެ ދެ މީހުންނަކީ މާލެ، ހ.ކަނޑުފިނިގެ، މުޙައްމަދު ޝަފީޢު، 48، އާއި މާލެ، ހ.ސައިބާން، ޙުސައިން ޝިފާން، 23، އެވެ.

ފުލުހުން ބުނީ މި މީހުންނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހއ.އިހަވަންދޫ ޕޮލިސް ސްޓޭޝަނުގެ ނަމްބަރު 9792265 އަށް ގުޅައި ޙިއްސާ ކުރަން އެދޭ ކަމަށެވެ.